• 1. قيامة ވެއްޖެހިނދެވެ.
  • 2. އެކަންވާނޭކަމާމެދު إنكار ކޮށް ދޮގުކުރާނޭ ފަރާތެއް ނުވެއެވެ.
  • 3. އެއްބަޔަކު ދަށްކުރަމުން، އަނެއްބަޔަކު މަތިކުރަމުންނެވެ. (އެބަހީ: އަބާއްޖަވެރިން ދަށްކުރައްވައި، ބާއްޖަވެރިން މަތިވެރިކުރައްވާ ދުވަހެއްގެ ގޮތުގައެވެ.)
  • 4. ބިންގަނޑު ގަދަފަދައަށް ހެލިގެންފިހިނދެވެ.
  • 5. އަދި ފަރުބަދަތައް ފުނޑުފުނޑުވެ، ހިމުންވެއްޖެހިނދެވެ.
  • 6. ފަހެ، ވަޔާ ބުރަބުރައިގެންދާ ކުނޑިތަކެއްކަމުގައި އެ ފަރުބަދަތައް ވެއްޖެހިނދެވެ.
  • 7. އަދި ތިޔަބައިމީހުން (އެދުވަހުން) ތިންބާވަތަކަށް ވެދެއެވެ.
  • 8. ފަހެ، ކަނާތްފަރާތުގެ މީހުންނެވެ. ކަނާތްފަރާތުގެ މީހުންނީ، ކޮންބަޔެއްހެއްޔެވެ؟
  • 9. އަދި ވާތްފަރާތުގެ މީހުންނެވެ. ވާތްފަރާތުގެ މީހުންނީ، (ދަރަޖައިގެގޮތުން) ކޮންބަޔެއްހެއްޔެވެ؟
  • 10. އަދި ކުރިއަރައިދިޔަ މީހުންނީ، (ދަރަޖައިގެގޮތުން) ކުރިއަރައިދިޔަ މީހުންނެވެ.
  • 11. ކުއްތަންކުރައްވާފައިވާ މީހުންނީ، އެއުރެންނެވެ.
  • 12. نعمة ގެ ސުވަރުގެތަކުގައެވެ.
  • 13. އިސްވެދިޔަމީހުންގެ ތެރެއިން (އެބަހީ: އިސްވެދިޔަ أمّة ތަކުގެ މީހުންގެ ތެރެއިން) ގިނަބަޔެކެވެ.
  • 14. އަދި ފަހުގެ މީހުންގެ ތެރެއިން (އެބަހީ: އިސްވެދިޔަ أمّة ތަކާ އަޅައިބަލާއިރު، محمد ނަބިއްޔާގެ أمّة ގެ މީހުންގެ ތެރެއިން) މަދުބަޔެކެވެ.
  • 15. ރަނާއި، ޖަވާހިރުން އަތްކަން އަޅުއްވާފައިވާ ދާންތަކެއްގެ މަތީގައެވެ.
  • 16. އެ ދާންތަކުގެ މަތީގައި، އެކަކު އަނެކަކާ ކުރިމަތިލައި، ލެނގިގެންވާ حال ގައެވެ.
  • 17. ޒުވާންކަންމަތީ ދެމިތިބޭ ޒުވާން ފިރިހެންކުދިން، އެއުރެންގެ خدمة ގައި ބުރުޖަހާނެތެވެ.
  • 18. ތަށިތަކަކާއި، ކުރާތަކަކާއިގެންނެވެ. އަދި ހިނގަހިނގާ ހުންނަ އާރަކުން ނެގޭ ރާތަށިތަކަކާއިގެންނެވެ.
  • 19. އޭގެސަބަބުން އެއުރެންނަށް ބޮލުގެ ރިހުމެއް ނުލިބޭނެތެވެ. އަދި މަސްތުވުމެއްވެސް ނުމެލިބޭނޭމެއެވެ.
  • 20. އަދި އެއުރެން ބޭނުންގޮތަކަށް ނަގާނޭ މޭވާތަކާއިގެންނެވެ.
  • 21. އަދި އެއުރެން ހިތްއެދޭ ބާވަތްތަކުގެ ދޫނިސޫފާސޫފީގެ މަހާއިގެންނެވެ.
  • 22. އަދި ކަޅިރަވަ ރީތި، حورالعين ން ތިބޭނެއެވެ.
  • 23. (އެކަނބަލުން) ރައްކާތެރިކުރައްވާފައިވާ ރަންމުތްތަކަކާ އެއްފަދަވެގެންވެއެވެ.
  • 24. (އެއީ) އެއުރެން ކޮށްއުޅުނު عمل ތަކަށް ޖަޒާއެއް ކަމުގައެވެ.
  • 25. ބޭކާރު ބަސްތަކެއްވެސް، އަދި ކުށްވެރިކުރަނިވި ބަސްތަކެއްވެސް، އެތާކު އެއުރެންނަކަށް ނީވޭނެތެވެ.
  • 26. އެހެނެއްކަމަކު (އެއުރެންނަށް އިވޭނީ) سلام ހުށްޓޭ، سلام ހުށްޓޭ، ބުނެވޭ އަޑެވެ.
  • 27. ކަނާތްފަރާތުގެ މީހުންނެވެ. ކަނާތްފަރާތުގެ މީހުންނީ، ކޮންބަޔެއްހެއްޔެވެ؟
  • 28. (އެއުރެންވަނީ) ކަށިނެތް، ކުންނާރު ގަސްތަކުގެ ތެރޭގައެވެ.
  • 29. ކެޔޮވައްތައް އެތުރިފައިވާ ފަތްކެޔޮ ގަސްތަކުގެ ތެރޭގައެވެ.
  • 30. އަދި ފެތުރިގެންވާ ހިޔަލުގައެވެ.
  • 31. އަދި އަބަދަށް އޮހިއޮހިހުންނަ ފެން، އެއުރެންނަށް ލިބޭނެއެވެ.
  • 32. އަދި ގިނަގުނަވެގެންވާ މޭވާތައްވެސްމެއެވެ.
  • 33. ހުސްވުމެއްނުވާ، އަދި މަނާވުމެއްނުވާ މޭވާއެވެ.
  • 34. އަދި އުފުލިގެންވާ ދާންތަކެވެ.
  • 35. ހަމަކަށަވަރުން، އަލުން އާ އުފެއްދެވުމަކުން ތިމަންރަސްކަލާނގެ އެކަނބަލުން (އެބަހީ: ސުވަރުގޭގެ އަންހެނުން) އުފެއްދެވީމެވެ.
  • 36. ފަހެ، بِكر ވެރި ބަޔަކު ކަމުގައި ތިމަންރަސްކަލާނގެ އެކަނބަލުން ލެއްވީމެވެ.
  • 37. ފިރިންދެކެ ލޯބިވާ، އެއްފުރާގެ ބަޔަކު ކަމުގައެވެ.
  • 38. ކަނާތްފަރާތުގެ މީހުންނަށްޓަކައެވެ.
  • 39. އިސްވެދިޔަ މީހުންގެ ތެރެއިން (އެބަހީ: އިސްވެދިޔަ أمّة ތަކުގެ މީހުންގެ ތެރެއިން) ގިނަބަޔެކެވެ.
  • 40. އަދި ފަހުގެ މީހުންގެ ތެރެއިންވެސް (އެބަހީ: محمد ނަބިއްޔާގެ أمّة ގެ މީހުންގެ ތެރެއިންވެސް) ގިނަބަޔެކެވެ.
  • 41. ވާތްފަރާތުގެ މީހުންނެވެ. ވާތްފަރާތުގެ މީހުންނީ، ކޮންބަޔެއްހެއްޔެވެ؟
  • 42. (އެއުރެންވަނީ، ލޯލިތަކުގެ ބުޑުތައް ފޫވައްޓައިފަނިވި) ހޫނު ވައިގެތެރޭގައެވެ. އަދި ކެކިކެކިހުންނަ ހޫނުފެނުގެ ތެރޭގައެވެ.
  • 43. އަދި ކަޅުކުލައިގެ ދުމަކުން އުފެދޭ ހިޔަނިގަނޑެއްގެ ތެރޭގައެވެ.
  • 44. ފިންޏެއްވެސް ނޫނެވެ. އަދި އަރާމެއްވެސް ނޫނެވެ.
  • 45. ހަމަކަށަވަރުން، އޭގެކުރިން އެއުރެންވީ، ތަނަވަސްކަމުގައި ހައްދުފަހަނަޅައިފައިވާ ބަޔަކު ކަމުގައެވެ.
  • 46. އަދި ބޮޑުވެގެންވާ ފާފަވެރިކަމުގެ މަތީގައި ދެމިތިބޭ ބަޔަކުކަމުގައި އެއުރެންވޫއެވެ.
  • 47. އަދި އެއުރެން ބުނާކަމުގައިވިއެވެ. ތިމަންމެން މަރުވެ، ވެއްޔަށާއި ކަށިތަކަކަށް ވެއްޖެހިނދު، އަލުން ދިރުމަކަށް ފޮނުއްވާނޭ ބަޔަކުކަމުގައި ހަމަކަށަވަރުން، ތިމަންމެން ވޭހެއްޔެވެ؟
  • 48. އަދި ތިމަންމެންގެ އިސްވެދިޔަ ކާބަފައިންވެސް ހެއްޔެވެ؟
  • 49. އަދި ތިމަންމެންގެ އިސްވެދިޔަ ކާބަފައިންވެސް ހެއްޔެވެ؟
  • 50. ކަލޭގެފާނު ވިދާޅުވާށެވެ! ހަމަކަށަވަރުން، އިސްވެދިޔަ މީހުންނާއި، ފަހުން އަންނާނޭ މީހުންނީ، އެނގިގެންވާ ދުވަހެއްގެ ކަނޑައަޅުއްވާފައިވާ ވަގުތަކަށް އެއްކުރައްވާނޭ ބަޔަކުކަން ކަށަވަރެވެ.
  • 51. ކަލޭގެފާނު ވިދާޅުވާށެވެ! ހަމަކަށަވަރުން، އިސްވެދިޔަ މީހުންނާއި، ފަހުން އަންނާނޭ މީހުންނީ، އެނގިގެންވާ ދުވަހެއްގެ ކަނޑައަޅުއްވާފައިވާ ވަގުތަކަށް އެއްކުރައްވާނޭ ބަޔަކުކަން ކަށަވަރެވެ.
  • 52. އޭ މަގުފުރެދިގެންވާ، އަދި ދޮގުކުރާ މީހުންނޭވެ! ދެން ހަމަކަށަވަރުން، ތިޔަބައިމީހުން زقّوم ގަހުން ކާނޭކަން ކަށަވަރެވެ.
  • 53. ފަހެ، އެއިން ބަނޑުތައް ފުރައިލާނޭމެއެވެ.
  • 54. ފަހެ، އޭގަމައްޗަށް ކެކިކެކިހުންނަ ހޫނުފެން ބޯނޭމެއެވެ.
  • 55. ފަހެ، ފެންބޮވައިގެންފައިވާ جمل ތައް ފެންބޯފަދައިންނެވެ.
  • 56. قيامة ދުވަހުން އެއުރެންގެ މެހުމާންދާރީއަކީ މިއެވެ.
  • 57. ތިޔަބައިމީހުން ހެއްދެވީ ތިމަންރަސްކަލާނގެއެވެ. ފަހެ ތިޔަބައިމީހުން ތެދުނުކުރަނީ ކީއްވެހެއްޔެވެ؟
  • 58. ތިޔަބައިމީހުން ބޭރުކުރާ މަންޏާމެދު، ތިޔަބައިމީހުން ފަހެ، ވިސްނައި ބެލީމުހެއްޔެވެ؟
  • 59. އެތަކެތި ހަދަނީ، ތިޔަބައިމީހުން ހެއްޔެވެ؟ ނުވަތަ ހައްދަވާ ފަރާތަކީ ތިމަންރަސްކަލާނގެ ހެއްޔެވެ؟
  • 60. އެތަކެތި ހަދަނީ، ތިޔަބައިމީހުން ހެއްޔެވެ؟ ނުވަތަ ހައްދަވާ ފަރާތަކީ ތިމަންރަސްކަލާނގެ ހެއްޔެވެ؟
  • 61. ތިޔަބައިމީހުންގެ މެދުގައި ތިމަންރަސްކަލާނގެ މަރު، މިންވަރުކުރެއްވީމެވެ. ތިޔަބައިމީހުންގެ ބަދަލުގައި، ތިޔަބައިމީހުންފަދަ އެހެންބަޔަކު ގެންނެވުމުގެ މައްޗަށާއި، ތިޔަބައިމީހުން ނުދަންނަ ސިފައެއްގައި، ތިޔަބައިމީހުން އަލުން އުފެއްދެވުމަށް ނުކުޅެދިގެންވާ ކަލަކުކަމުގައި ތިމަންރަސްކަލާނގެ ނުވަމެވެ.
  • 62. ހަމަކަށަވަރުން، ފުރަތަމަ އުފެއްދެވުން ތިޔަބައިމީހުންނަށް އެނގިފައިވެއެވެ. ފަހެ، ތިޔަބައިމީހުން ހަނދުމަނުކުރަނީ ކީއްވެހެއްޔެވެ؟
  • 63. ތިޔަބައިމީހުން ގޮވާންކުރާ ތަކެއްޗާމެދު، ފަހެ، ތިޔަބައިމީހުން ވިސްނައި ބެލީމުހެއްޔެވެ؟
  • 64. އެތަކެތި ބިމުން ފަޅުވަނީ، ތިޔަބައިމީހުންހެއްޔެވެ؟ ނުވަތަ އެތަކެތި ބިމުން ފަޅުއްވާ ފަރާތަކީ، ތިމަންރަސްކަލާނގެ ހެއްޔެވެ؟
  • 65. ތިމަންރަސްކަލާނގެ އިރާދަކުރައްވާނަމަ، ހިކި ކުނޑި ހުއިތަކެއް ކަމުގައި އެތަކެތި ލައްވައިފީމުސްކަން ކަށަވަރެވެ. ދެން އެކަމާމެދު ތިޔަބައިމީހުން حيران ވެފައި ތިބެއްޖައީހެވެ.
  • 66. (ތިޔަބައިމީހުން ބުނާނޫއެވެ.) ހަމަކަށަވަރުން، ތިމަންމެންނީ، ގެއްލުންވެގެންވާ ބަޔަކީމުއެވެ.
  • 67. އަދި ކިއެއްތަ! ތިމަންމެންނީ (އެތަކެތިން) محروم ވެގެންވާ ބަޔަކީމުއެވެ.
  • 68. ތިޔަބައިމީހުން ބޯ ފެނާމެދު، ތިޔަބައިމީހުން ފަހެ ވިސްނާ ބެލީމުހެއްޔެވެ؟
  • 69. ވާރޭވިލާތަކުން އެ ފެން ވެއްސީ، ތިޔަބައިމީހުންހެއްޔެވެ؟ ނުވަތަ އެ ފެން ބާވައިލެއްވި ފަރާތަކީ، ތިމަންރަސްކަލާނގެ ހެއްޔެވެ؟
  • 70. ތިމަންރަސްކަލާނގެ އިރާދަކުރައްވާނަމަ، އެ ފެން ބޯން ނުކެރޭފަދަ ލޮނު ފެނެއް ކަމުގައި ލައްވައިފީމުހެވެ. ފަހެ، ތިޔަބައިމީހުން شكر ނުކުރަނީ ކީއްވެހެއްޔެވެ؟
  • 71. ތިޔަބައިމީހުން ރޯކުރާ އަލިފާނާމެދު، ތިޔަބައިމީހުން ފަހެ، ވިސްނައި ބެލީމުހެއްޔެވެ؟
  • 72. އޭގެ ގަސް އުފެއްދީ ތިޔަބައިމީހުން ހެއްޔެވެ؟ ނުވަތަ އެ އުފެއްދެވި ފަރާތަކީ ތިމަންރަސްކަލާނގެ ހެއްޔެވެ؟
  • 73. ހަނދުމަކުރުމެއް ކަމުގައްޔާއި، ދަތުރުފަތުރުކުރާ މީހުންނަށާއި، ދަތުރުނުކޮށް قائم ވެތިބޭ މީހުންނަށް ބޭނުންހިފޭ އެއްޗެއްކަމުގައި، ތިމަންރަސްކަލާނގެ އެ އަލިފާން ލެއްވީމެވެ.
  • 74. ފަހެ، ކަލޭގެފާނުގެ ވެރި، މާތްވަންތަ ރަސްކަލާނގެ اسم ފުޅުން ކަލޭގެފާނު تسبيح ވިދާޅުވާށެވެ!
  • 75. ފަހެ، ހަމަކަށަވަރުން، ތަރިތައް އޮސްފުހޭ ތަންތަން ގަންދެއްވައި ތިމަންރަސްކަލާނގެ ހުވާ وحى ކުރައްވަމެވެ.
  • 76. އަދި ތިޔަބައިމީހުން ދަންނަނީނަމަ، ހަމަކަށަވަރުން، އެއީ ބޮޑުވެގެންވާ ހުވަޔެއްކަން ކަށަވަރެވެ.
  • 77. ހަމަކަށަވަރުން، އެއީ މާތްވެގެންވާ قرآن ކަން ކަށަވަރެވެ.
  • 78. ރައްކާތެރިކުރައްވާފައިވާ ފޮތެއްގައެވެ.
  • 79. طاهر ވެގެންވާ މީހުން މެނުވީ، އެ ފޮތުގައި ނުބީހޭނެތެވެ.
  • 80. (އެއީ) عالم ތަކުގެ ވެރިރަސްކަލާނގެ حضرة ން ބާވައިލެއްވި ފޮތެކެވެ.
  • 81. ތިޔަބައިމީހުން ދޮގުކޮށް ފަރުވާކުޑަކުރަނީ، މިވާހަކައާމެދުގައި (އެބަހީ: މި قرآن އާ މެދުގައި) ހެއްޔެވެ؟
  • 82. އަދި ތިޔަބައިމީހުންނަށް رزق ދެއްވިކަމުގެ މައްޗަށްކުރާ شكر އަކީ (އެ رزق ދެއްވި ރަސްކަލާނގެ) ދޮގުކުރުން ކަމުގައި ތިޔަބައިމީހުން ހަދަމުއެވެ.
  • 83. ފަހެ، މަރުވުމުގެ ވަގުތުގައި، ކަރާހަމަޔަށް ފުރާނައައިސް ނޭވާހޮޅިޔަށް އެޅިއްޖެހިނދެވެ.
  • 84. އަދި އެހިނދު، ތިޔަބައިމީހުން ބަލަބަލައި ތިބެމުއެވެ.
  • 85. އަދި ތިޔަބައިމީހުންނަށްވުރެ އެމީހާއާ (އެބަހީ: މަރުވާ މީހާއާ) ގާތްކަންބޮޑީ، ތިމަންރަސްކަލާނގެއެވެ. އެހެނެއްކަމަކު، ތިޔަބައިމީހުންނަކަށް ނުފެނެތެވެ.
  • 86. އަދި ތިޔަބައިމީހުންނަށްވުރެ އެމީހާއާ (އެބަހީ: މަރުވާ މީހާއާ) ގާތްކަންބޮޑީ، ތިމަންރަސްކަލާނގެއެވެ. އެހެނެއްކަމަކު، ތިޔަބައިމީހުންނަކަށް ނުފެނެތެވެ.
  • 87. ފަހެ، ތިޔަބައިމީހުންނީ، عمل ތަކަށް ޖަޒާ ނުލިބޭނެ ބަޔަކުކަމުގައިވާނަމަ، ތިޔަބައިމީހުން އެ ފުރާނަ އަނބުރައި ނުގެންނަނީ ކީއްވެގެން ހެއްޔެވެ؟ ތިޔަބައިމީހުންނީ، ތެދުވެރިން ކަމުގައިވާނަމައެވެ.
  • 88. ފަހެ، އެ (މަރުވި) މީހާ ކުއްތަންކުރައްވާފައިވާ މީހުންގެ ތެރެއިންވާނަމަ، ދަންނާށެވެ!
  • 89. ފަހެ، އެމީހަކަށް އަރާމާއި، ތަނަވަސްވެގެންވާ رزق އާއި، نعمة ގެ ސުވަރުގެ ހުށްޓެވެ.
  • 90. އަދި އެމީހަކު ކަނާތްފަރާތުގެ މީހުންގެ ތެރެއިންވާނަމަ، ދަންނާށެވެ!
  • 91. ފަހެ، (އެމީހަކަށް އަންގަވާނެތެވެ.) ކަނާތްފަރާތުގެ މީހުންގެ ކިބައިން ތިބާޔަށް سلام ހުށްޓެވެ.
  • 92. އަދި ދޮގުކޮށް، މަގުފުރެދޭ މީހުންގެ ތެރެއިން އެމީހަކުވާނަމަ، ދަންނާށެވެ!
  • 93. ފަހެ، އެމީހަކަށްހުރީ، ކެކިކެކިހުންނަ ހޫނުފެނުގެ މެހުމާންދާރީއެކެވެ.
  • 94. އަދި ނަރަކަޔަށް ވެއްދެވުމެކެވެ.
  • 95. ހަމަކަށަވަރުން، މިއީ يقين ވެގެންވާ حق ތެދުކަން ކަށަވަރެވެ.
  • 96. ފަހެ، ކަލޭގެފާނު ގެ ވެރި، މާތްވަންތަ ރަސްކަލާނގެ اسم ފުޅުން ކަލޭގެފާނު تسبيح ވިދާޅުވާށެވެ!
ޙިއްސާ
logo
logo
logo
logo
logo
  • 1. އަލް ފާތިޙާ
  • 2. އަލް ބަޤަރާ
  • 3. އާލް އިމްރާން
  • 4. އައްނިސާ
  • 5. އަލް މާއިދާ
  • 6. އަލް އަންޢާމް
  • 7. އަލް ޢަޢްރާފް
  • 8. އަލް އަންފާލް
  • 9. އައްތައުބާ
  • 10. ޔޫނުސް
  • 11. ހޫދު
  • 12. ޔޫސުފް
  • 13. އައް ރަޢްދް
  • 14. އިބްރާހީމް
  • 15. އަލް ޙިޖްރު
  • 16. އަންނަޙްލް
  • 17. އަލް އިސްރާ
  • 18. އަލް ކަހްފް
  • 19. މަރިޔަމް
  • 20. ތާހާ
  • 21. އަލް އަންބިޔާ
  • 22. އަލް ޙައްޖު
  • 23. އަލް މޫމިނޫން
  • 24. އަންނޫރު
  • 25. އަލް ފުރުޤާން
  • 26. އައްޝުޢަރާ
  • 27. އަންނަމްލް
  • 28. އަލް ޤަޞަޞް
  • 29. އަލް ޢަންކަބޫތު
  • 30. އައްރޫމް
  • 31. ލުޤްމާން
  • 32. އައްސަޖްދަ
  • 33. އަލް އަޙްޒާބް
  • 34. ސަބާ
  • 35. ފާތިރް
  • 36. ޔާސީން
  • 37. އަލް ޞޯއްފަ
  • 38. ޞޯދް
  • 39. އައްޒުމަރް
  • 40. އަލް ޣާފިރް
  • 41. ފުއްޞިލަތް
  • 42. އައްޝޫރާ
  • 43. އައްޒުޚްރޫފް
  • 44. އައްދުކާން
  • 45. އަލް ޖާޡިޔަ
  • 46. އަލް އަޙްޤާފް
  • 47. މުޙަންމަދު
  • 48. އަލް ފަތްޙް
  • 49. އަލް ޙުޖުރާތް
  • 50. ޤާފް
  • 51. އައްދާރިޔަ
  • 52. އައްތޫރް
  • 53. އައްނަޖްމް
  • 54. އަލް ޤަމަރް
  • 55. އައްރަޙްމާން
  • 56. އަލް ވާގިޢަ
  • 57. އަލް ޙަދީދް
  • 58. އަލް މުޖާދިލަ
  • 59. އަލް ޙަޝްރް
  • 60. އަލް މުމްތަޙާނަ
  • 61. އަލް ޞަފް
  • 62. އަލް ޖުމްޢަ
  • 63. އަލް މުނާފިޤޫން
  • 64. އައްތަޣާބުން
  • 65. އައްތަލަޤް
  • 66. އައްތަޙްރީމް
  • 67. އަލް މުލްކު
  • 68. އަލް ޤަލަމް
  • 69. އަލް ޙާއްޤަ
  • 70. އަލް މަޢާރިޖް
  • 71. ނޫޙް
  • 72. އަލް ޖިންނި
  • 73. އަލް މުޒަންމިލް
  • 74. އަލް މުއްދަޡިރް
  • 75. އަލް ޤިޔާމަ
  • 76. އަލް އިންސާން
  • 77. އަލް މުރްސަލާތް
  • 78. އަންނަބާ
  • 79. އަންނާޒިޢާ
  • 80. ޢަބަސަ
  • 81. އައްތަކްވީރް
  • 82. އަލް އިންފިތާރް
  • 83. އަލް މުތައްފިފީން
  • 84. އަލް އަންޝިޤާޤް
  • 85. އަލް ބުރޫޖް
  • 86. އައްތޯރިޤް
  • 87. އަލް ޢަޢްލާ
  • 88. އަލް ޣާޝިޔަ
  • 89. އަލް ފަޖްރް
  • 90. އަލް ބަލަދް
  • 91. އައްޝަމްސް
  • 92. އައްލައިލް
  • 93. އައްޟުޙާ
  • 94. އަލް އިންޝިރާޙް
  • 95. އައްތީން
  • 96. އަލްޢަލަޤް
  • 97. އަލްޤަދްރް
  • 98. އަލްބައްޔިނަ
  • 99. އައްޒަލްޒަލަ
  • 100. އަލްޢާދިޔަ
  • 101. އަލްޤާރިޢަ
  • 102. އައްތަކާޡުރް
  • 103. އަލްޢަޞްރް
  • 104. އަލް ހުމަޒަ
  • 105. އަލް ފީލް
  • 106. ޤުރައިޝް
  • 107. އަލް މާޢޫން
  • 108. އަލް ކައުޡަރް
  • 109. އަލް ކާފިރޫން
  • 110. އައްނަޞްރް
  • 111. އަލް މަސަދް
  • 112. އަލް އިޚްލާޞް
  • 113. އަލް ފަލަޤް
  • 114. އައްނާސް