• 1. މިނެކިރުމުގައި އުނިކުރާ މީހުންނަށް، ގެއްލުމާއި ހަލާކު ހުށްޓެވެ.
  • 2. އެއުރެންނީ، އެހެންމީހުންގެ ކިބައިން މިނާނަމަ، ހަމަކުރަން އެދޭމީހުންނެވެ.
  • 3. އަދި އެހެންމީހުންނަށް މިނެދޭނަމަ، ނުވަތަ އެހެންމީހުންނަށް ކިރައިދޭނަމަ، ގެއްލުންކުރާ މީހުންނެވެ.
  • 4. އަދި އެހެންމީހުންނަށް މިނެދޭނަމަ، ނުވަތަ އެހެންމީހުންނަށް ކިރައިދޭނަމަ، ގެއްލުންކުރާ މީހުންނެވެ.
  • 5. ބޮޑުވެގެންވާ ދުވަހަކަށް އެއުރެން ފޮނުއްވާނޭ ކަމުގައި އެއުރެން يقين ނުކުރަނީ ހެއްޔެވެ؟
  • 6. (އެއީ) عالم ތަކުގެ ވެރިރަސްކަލާނގެ حضرة ގައި މީސްތަކުން قائم ވެ ތިބޭނޭ ދުވަހެވެ.
  • 7. ހަމަހިލާ އެހެންނަކުން ނުވާނެއެވެ. ހަމަކަށަވަރުން، ނުލަފާ كافر ންގެ عمل ތަކުގެ ފަތްވަނީ سِجّين ގައިކަން ކަށަވަރެވެ.
  • 8. سِجّين އަކީ ކޮންއެއްޗެއްކަން ކަލޭގެފާނަށް އަންގައިދިނީ ކޮންއެއްޗެއްތޯއެވެ؟
  • 9. (އެއީ) ލިޔުއްވައި، ފާހަގަކުރައްވާފައިވާ ފޮތެކެވެ.
  • 10. ދޮގުކުރާ މީހުންނަށް އެދުވަހުން ގެއްލުމާއި ހަލާކު ހުށްޓެވެ.
  • 11. އެއުރެންނީ، قيامة ދުވަސް ދޮގުކުރާ މީހުންނެވެ.
  • 12. ހައްދުފަހަނަޅައިފައިވާ، ފާފަކުރުންގިނަ ކޮންމެ މީހަކު މެނުވީ، އެދުވަސް ދޮގެއް ނުކުރާނެތެވެ.
  • 13. ތިމަންރަސްކަލާނގެ آية ތައް އޭނާޔަށް ކިޔައިދެއްވާހިނދު، އޭނާ ބުނެތެވެ. (ތިޔައީ) އެވޭލާ މީހުން ދައްކައިއުޅުނު ފުލޯކު ވާހަކަތަކެވެ.
  • 14. ހަމަހިލާ އެހެންނަކުން ނުވާނެއެވެ. އަދި ކީއްހެއްޔެވެ؟ އެއުރެން ހޯދައިއުޅުނު عمل ތަކުގެ ސަބަބުން އެއުރެންގެ ހިތްތަކުގައި ދަބަރުޖަހާފައިވެއެވެ.
  • 15. ހަމަހިލާ އެހެންނަކުން ނުވާނެއެވެ. ހަމަކަށަވަރުން، އެއުރެންގެ ވެރިރަސްކަލާނގެ حضرة ން އެދުވަހު، އެއުރެން ފަރުދާ ކުރެވިގެންވާނޭކަން ކަށަވަރެވެ.
  • 16. ދެން ހަމަކަށަވަރުން، އެއުރެން ނަރަކަޔަށް ވަންނާނެކަން ކަށަވަރެވެ.
  • 17. ދެން (އެއުރެންނަށް) އަންގަވާނެތެވެ. ތިޔަބައިމީހުން ދޮގުކޮށް އުޅުނު ކަންތަކަކީ މިއީއެވެ.
  • 18. ހަމަހިލާ އެހެންނަކުން ނުވާނެއެވެ. ހަމަކަށަވަރުން، ހެޔޮލަފާ މީހުންގެ عمل ތަކުގެ ފަތްވަނީ عِلّيّون ގައި ކަންކަށަވަރެވެ.
  • 19. عِليّون އަކީ، ކޮންއެއްޗެއްކަން ކަލޭގެފާނަށް އަންގައިދިނީ ކޮންއެއްޗެއްތޯއެވެ؟
  • 20. (އެއީ) ލިޔުއްވައި ފާހަގަކުރައްވާފައިވާ ފޮތެކެވެ.
  • 21. ކުއްތަންކުރައްވާފައިވާ ملائكة ން އެ ފޮތް ދެކެވަޑައިގަންނަވާނެތެވެ.
  • 22. ހަމަކަށަވަރުން، ހެޔޮލަފާ މީހުންވަނީ، نعمة ގެ ސުވަރުގޭގައިކަން ކަށަވަރެވެ.
  • 23. ދާންތަކުގެ މަތީގައި (نعمة ތަކަށް) ބަލަބަލައެވެ.
  • 24. އެއުރެންގެ މޫނުތަކުގެމަތިން، نعمة ގެ އުފާވެރިކަން ތިބާޔަށް އެނގޭނެތެވެ.
  • 25. ސިއްކަގައްސަވައި ބަންދުކުރައްވާފައިވާ (މަސްތުވުމެއްނެތް) ސާފު ރާގެ ބުއިމަކުން، އެއުރެންނަށް ބޯންދެއްވާނެތެވެ.
  • 26. އެބުއިން ނިމޭހުށީ، ކަސްތޫރި ވަހުންނެވެ. ވާދަކޮށް ކުރިއަރައިދާ މީހުން އެއާމެދުގައި ވާދަކޮށް ކުރިއަރައިދާ ހުށިކަމެވެ!
  • 27. އެއާ އެއްކުރައްވާފައިވަނީ تسنيم އެވެ.
  • 28. (އެއީ) ކުއްތަންވެގެންވާ އަޅުން އެއިން ބޯނޭ އާރެކެވެ.
  • 29. ހަމަކަށަވަރުން، ކުށްވެރި، ފާފަވެރިން (ދުނިޔޭގައި) إيمان ވި މީހުންނާ ދިމާޔަށް (މަލާމާތުގެގޮތުން) ހީނއުޅޭ ކަމުގައިވޫއެވެ.
  • 30. އަދި އެއުރެން އެ مؤمن ންގެ ކައިރިންދާހިނދު، ލޮލުގެ إشارة ން ފުރައްސާރަ ކުރެތެވެ.
  • 31. އަދި އެއުރެންގެ أهل ވެރިންގެގާތަށް އެނބުރިދާހިނދު، ހީނސަމާސާ ކުރަމުންދެއެވެ.
  • 32. އަދި އެއުރެން مؤمن ން ދެކޭހިނދު ބުނެތެވެ. ހަމަކަށަވަރުން، މިބައިމީހުންނީ، މަގު ގެއްލިފައިވާ ބަޔެއްކަން ކަށަވަރެވެ.
  • 33. އަދި مؤمن ންގެ މައްޗަށް ރައްކާތެރިވެ، ބަލަހައްޓާ ބަޔަކު ކަމުގައި އެ كافر ން ފޮނުއްވާފައެއް ނުވެއެވެ.
  • 34. ފަހެ، إيمان ވި މީހުން މިއަދު كافر ންނާ ދިމާޔަށް ހޭނެތެވެ.
  • 35. ދާންތަކުގެ މަތީގައި (نعمة ތަކަށް) ބަލަބަލައެވެ.
  • 36. كافر ންނަށް އެއުރެން ކޮށްއުޅުނު ކަންތަކަށް ޖަޒާ ލިބިއްޖެ ހެއްޔެވެ؟
ޙިއްސާ
logo
logo
logo
logo
logo
  • 1. އަލް ފާތިޙާ
  • 2. އަލް ބަޤަރާ
  • 3. އާލް އިމްރާން
  • 4. އައްނިސާ
  • 5. އަލް މާއިދާ
  • 6. އަލް އަންޢާމް
  • 7. އަލް ޢަޢްރާފް
  • 8. އަލް އަންފާލް
  • 9. އައްތައުބާ
  • 10. ޔޫނުސް
  • 11. ހޫދު
  • 12. ޔޫސުފް
  • 13. އައް ރަޢްދް
  • 14. އިބްރާހީމް
  • 15. އަލް ޙިޖްރު
  • 16. އަންނަޙްލް
  • 17. އަލް އިސްރާ
  • 18. އަލް ކަހްފް
  • 19. މަރިޔަމް
  • 20. ތާހާ
  • 21. އަލް އަންބިޔާ
  • 22. އަލް ޙައްޖު
  • 23. އަލް މޫމިނޫން
  • 24. އަންނޫރު
  • 25. އަލް ފުރުޤާން
  • 26. އައްޝުޢަރާ
  • 27. އަންނަމްލް
  • 28. އަލް ޤަޞަޞް
  • 29. އަލް ޢަންކަބޫތު
  • 30. އައްރޫމް
  • 31. ލުޤްމާން
  • 32. އައްސަޖްދަ
  • 33. އަލް އަޙްޒާބް
  • 34. ސަބާ
  • 35. ފާތިރް
  • 36. ޔާސީން
  • 37. އަލް ޞޯއްފަ
  • 38. ޞޯދް
  • 39. އައްޒުމަރް
  • 40. އަލް ޣާފިރް
  • 41. ފުއްޞިލަތް
  • 42. އައްޝޫރާ
  • 43. އައްޒުޚްރޫފް
  • 44. އައްދުކާން
  • 45. އަލް ޖާޡިޔަ
  • 46. އަލް އަޙްޤާފް
  • 47. މުޙަންމަދު
  • 48. އަލް ފަތްޙް
  • 49. އަލް ޙުޖުރާތް
  • 50. ޤާފް
  • 51. އައްދާރިޔަ
  • 52. އައްތޫރް
  • 53. އައްނަޖްމް
  • 54. އަލް ޤަމަރް
  • 55. އައްރަޙްމާން
  • 56. އަލް ވާގިޢަ
  • 57. އަލް ޙަދީދް
  • 58. އަލް މުޖާދިލަ
  • 59. އަލް ޙަޝްރް
  • 60. އަލް މުމްތަޙާނަ
  • 61. އަލް ޞަފް
  • 62. އަލް ޖުމްޢަ
  • 63. އަލް މުނާފިޤޫން
  • 64. އައްތަޣާބުން
  • 65. އައްތަލަޤް
  • 66. އައްތަޙްރީމް
  • 67. އަލް މުލްކު
  • 68. އަލް ޤަލަމް
  • 69. އަލް ޙާއްޤަ
  • 70. އަލް މަޢާރިޖް
  • 71. ނޫޙް
  • 72. އަލް ޖިންނި
  • 73. އަލް މުޒަންމިލް
  • 74. އަލް މުއްދަޡިރް
  • 75. އަލް ޤިޔާމަ
  • 76. އަލް އިންސާން
  • 77. އަލް މުރްސަލާތް
  • 78. އަންނަބާ
  • 79. އަންނާޒިޢާ
  • 80. ޢަބަސަ
  • 81. އައްތަކްވީރް
  • 82. އަލް އިންފިތާރް
  • 83. އަލް މުތައްފިފީން
  • 84. އަލް އަންޝިޤާޤް
  • 85. އަލް ބުރޫޖް
  • 86. އައްތޯރިޤް
  • 87. އަލް ޢަޢްލާ
  • 88. އަލް ޣާޝިޔަ
  • 89. އަލް ފަޖްރް
  • 90. އަލް ބަލަދް
  • 91. އައްޝަމްސް
  • 92. އައްލައިލް
  • 93. އައްޟުޙާ
  • 94. އަލް އިންޝިރާޙް
  • 95. އައްތީން
  • 96. އަލްޢަލަޤް
  • 97. އަލްޤަދްރް
  • 98. އަލްބައްޔިނަ
  • 99. އައްޒަލްޒަލަ
  • 100. އަލްޢާދިޔަ
  • 101. އަލްޤާރިޢަ
  • 102. އައްތަކާޡުރް
  • 103. އަލްޢަޞްރް
  • 104. އަލް ހުމަޒަ
  • 105. އަލް ފީލް
  • 106. ޤުރައިޝް
  • 107. އަލް މާޢޫން
  • 108. އަލް ކައުޡަރް
  • 109. އަލް ކާފިރޫން
  • 110. އައްނަޞްރް
  • 111. އަލް މަސަދް
  • 112. އަލް އިޚްލާޞް
  • 113. އަލް ފަލަޤް
  • 114. އައްނާސް