• 1. ގިނަގިނައިން ހިރަފުސް ބުރުއްސާ ވައިރޯޅިތަކާއި،
  • 2. ފެންބަރުކައިފައިވާ ވިލާތަކާއި،
  • 3. ފަސޭހަކޮށް ދުވާ އުޅަނދުފަހަރާއި،
  • 4. ކަންތައްތައް ބައްސަވާ ملائكة ންނާއި (މިހުރިހާ ތަކެތި) ގަންދެއްވައި وحى ކުރައްވަމެވެ.
  • 5. ހަމަކަށަވަރުން، ތިޔަބައިމީހުންނަށް وعد ކުރައްވާ ކަންތައްތަކަކީ، حق ތެދުކަން ކަށަވަރެވެ.
  • 6. އަދި (ތިޔަބައިމީހުންގެ عمل ތަކަށް) ޖަޒާ ދެއްވުމަކީ، ވާނޭކަމެއްކަން ކަށަވަރެވެ.
  • 7. (ތަރިތައް ހިނގާ) މަގުތަކުގެ ވެރި، ފުރިހަމަކަންބޮޑު، އުޑު ގަންދެއްވައި وحى ކުރައްވަމެވެ.
  • 8. ހަމަކަށަވަރުން، ތިޔަބައިމީހުންވަނީ (محمد ގެފާނާއި، قرآن އާމެދު) خلاف ވެގެންވާ ބަސްތަކެއްގެ ތެރޭގައިކަން ކަށަވަރެވެ.
  • 9. އެކަމުން ދުރުކުރައްވާފައިވަނީ (اللَّه ގެ علم ފުޅުގައި) ދުރުކުރައްވާފައިވާ މީހެކެވެ.
  • 10. ދޮގުހަދާ މީހުންނަށް لعنة ލައްވާފައިވެއެވެ.
  • 11. އެއުރެންނީ جاهل ކަމުގެ ތެރެޔަށް ގެނބި، غافل ވެފައިވާ މީހުންނެވެ.
  • 12. އެއުރެން (ފުރައްސާރައިގެގޮތުގައި) سؤال ކުރެތެވެ. قيامة ދުވަސް އަންނާނީ ކޮންއިރަކުން ހެއްޔެވެ؟
  • 13. (އެއީ) ނަރަކައިގެ عذاب އަށް އެއުރެން ހުށަހަޅުއްވާނޭ ދުވަހުއެވެ.
  • 14. (އެއުރެންނަށް އަންގަވާނެތެވެ.) ތިޔަބައިމީހުންގެ عذاب ގެ ރަހަ ލިބިގަންނާށެވެ! މިއީ (ދުނިޔެމަތީގައި) ތިޔަބައިމީހުން އަވަސްވުންއެދި އުޅުނު عذاب އެވެ.
  • 15. ހަމަކަށަވަރުން، تقوى ވެރިންވަނީ، ސުވަރުގެތަކާއި، ފެންއާރުތަކުގެ نعمة ގައެވެ.
  • 16. އެއުރެންވަނީ، އެއުރެންގެ ވެރިރަސްކަލާނގެ އެއުރެންނަށް ދެއްވި ثواب ލިބިލިބިއެވެ. ހަމަކަށަވަރުން، އޭގެކުރިން އެއުރެންވީ إحسان ތެރިން ކަމުގައެވެ.
  • 17. އެއުރެން ނިދައިއުޅުނީ ރޭގަނޑުން ވަރަށްކުޑަ ވަގުތުކޮޅެއްގައެވެ.
  • 18. އަދި އެއުރެން ހާރުދަމުގައި ފާފަފުއްސެވުމަށްއެދި دعاء ކުރެތެވެ.
  • 19. އަދި سؤال ކޮށް އެދޭ މީހުންނަށާއި، ނިކަމެތި محروم ންނަށް އެއުރެންގެ މުދަލުގައި حق އެއްވެއެވެ.
  • 20. يقين ކުރާ ބަޔަކަށް ބިމުގައި (ކުޅަދުންވަންތަކަމުގެ) ހެކިތަކެއްވެއެވެ.
  • 21. އަދި ތިޔަބައިމީހުންގެ އަމިއްލަ نفس ތަކުގައިވެސްމެއެވެ. ފަހެ، ތިޔަބައިމީހުން ވިސްނައި ނުބަލަނީ ހެއްޔެވެ؟
  • 22. އަދި ތިޔަބައިމީހުންގެ ރޯއްޖާއި، ތިޔަބައިމީހުންނަށް وعد ކުރައްވާހާ ކަމެއް (ގެأمر ފުޅު) އުޑުގައިވެއެވެ.
  • 23. ފަހެ، އުޑާއި، ބިމުގެ ވެރިރަސްކަލާނގެ ގަންދެއްވައި، ހުވާ وحى ކުރައްވަމެވެ. ހަމަކަށަވަރުން، ތިޔަބައިމީހުން ބަސްމޮށޭ ފަދައިން، އެއީ ހަމަ حق ތެދުކަން ކަށަވަރެވެ.
  • 24. إبراهيم ގެފާނުގެ މާތްވެގެންވާ މެހުމާނުންގެ ވާހަކަ، ކަލޭގެފާނާ ހަމަޔަށް އައިސްފައިވޭތޯއެވެ؟
  • 25. އެ މެހުމާނުން އެކަލޭގެފާނުގެ އަރިހަށް ގެންނެވިހިނދު، سلاماً މިހެން ވިދާޅުވެ سلام ކުރެއްވޫއެވެ. ދެން އެކަލޭގެފާނު سلام މިހެން ވިދާޅުވެ سلام ރައްދުކުރެއްވިއެވެ. (އަދި ހިތްޕުޅަށް އަރައިވަޑައިގަތެވެ. މިއީ އަހުރެން) ނުދަންނަ ބަޔެކެވެ.
  • 26. ފަހެ، އެކަލޭގެފާނު، އެކަލޭގެފާނުގެ أهل ވެރިންގެ ގާތަށް ސިއްރިޔާތުގައި ވަޑައިގަތެވެ. އަދި ރޫފަރަނގަޅު ޅަގެރިއެއް (ފިއްސަވައިގެން) ގެންނެވިއެވެ.
  • 27. ދެން އެ މެހުމާނުންނާއި، އޭތި ކައިރިކޮށްލައްވައި ވިދާޅުވިއެވެ. ތިޔަބައިމީހުން ނުކާނޫހެއްޔެވެ؟
  • 28. ފަހެ، އެކަލޭގެފާނުގެ ހިތްޕުޅަށް އެއުރެންނާމެދު، ބިރުވެރިކަމެއް ވަދެއްޖެއެވެ. އެ މެހުމާނުން ދެންނެވޫއެވެ. ކަލޭގެފާނު ބިރުފުޅުގެންވަޑައިނުގަންނަވާށެވެ! (ތިމަންމެންނީ، ކަލޭގެފާނުގެ ވެރިރަސްކަލާނގެ ފޮނުއްވި ملائكة ންނީމުއެވެ.) އަދި އެ މެހުމާނުން އެކަލޭގެފާނަށް علم ވެރި ދަރިކަލަކު ލިބިވަޑައިގަންނަވާނެކަމުގެ އުފާވެރި خبر ދެއްވޫއެވެ.
  • 29. ފަހެ (އެ އުފާވެރި خبر އައްސަވައި) އެކަލޭގެފާނުގެ އަނބިކަނބަލުން ހަޅޭއްފުޅުލައްވަމުން ވަޑައިގަތެވެ. އަދި އެކަމަނާގެ މޫނުފުޅުގައި ތަޅުއްވަމުން ވިދާޅުވިއެވެ. (އަހުރެންނީ) ދަރިމައިނުވާ މުސްކުޅިއަކީމެވެ. (އަހުރެންނަށް ދަރިޔަކު ލިބޭނީ ކިހިނަކުން ހެއްޔެވެ؟)
  • 30. އެ ملائكة ން ދެންނެވޫއެވެ. ކަމަނާގެ ވެރިރަސްކަލާނގެ وحى ކުރެއްވީ އެފަދައިންނެވެ. ހަމަކަށަވަރުން، އެކަލާނގެއީ، حكيم ވަންތަ، މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ.
  • 31. އެކަލޭގެފާނު ވިދާޅުވިއެވެ. އޭ ފޮނުއްވާފައިވާ ملائكة ންނެވެ! ފަހެ، ތިޔަބޭކަލުން ފޮނުއްވީ ކޮންކަމަކާތޯއެވެ؟
  • 32. އެބޭކަލުން ދެންނެވޫއެވެ. ހަމަކަށަވަރުން، ތިމަންމެން ފޮނުއްވާފައިވަނީ، ކުށްވެރި قوم އެއްގެ މީހުންގެ ގާތަށެވެ.
  • 33. (އެއީ) އެއުރެންގެ މައްޗަށް މަށީގެ ހިލަ އުއްކެވުމަށްޓަކައެވެ.
  • 34. (އެއީ) އުރެދުމުގައި ހައްދުފަހަނަޅައިފައިވާ މީހުންނަށްޓަކައި ކަލޭގެފާނުގެ ވެރިރަސްކަލާނގެ حضرة ން ފާހަގަލައްވާފައިވާ ހިލައެވެ.
  • 35. ފަހެ، مؤمن ންގެ ތެރެއިން އެރަށުގައިވާހާ ބަޔަކު، ތިމަންރަސްކަލާނގެ ނެރުއްވީމެވެ.
  • 36. ފަހެ، އެރަށުގައި مسلم ންގެ އެންމެ ގެއެއްގެ أهل ވެރިން މެނުވީ ތިމަންރަސްކަލާނގެ ދެކެވޮޑިއެއް ނުގަންނަވަމެވެ.
  • 37. އަދި ވޭންދެނިވި عذاب އަށް ބިރުގަންނަ ބަޔަކަށްޓަކައި ތިމަންރަސްކަލާނގެ އެރަށުގައި (އެއުރެން ހަލާކުކުރެއްވިކަމުގެ) علامة އެއް ލެއްވީމެވެ.
  • 38. އަދި فرعون ގެ ގާތަށް ފާޅުވެގެންވާ حجّة އަކާއެކު ތިމަންރަސްކަލާނގެ موسى ގެފާނު ފޮނުއްވިހިނދު، އެކަލޭގެފާނުގެ ވާހަކައިގައި عبرة އެއްވެއެވެ.
  • 39. ފަހެ، އެ فرعون އޭނާގެ لشكر އާއެކު، إيمان ކަމުން ދުރުވެ، އެއްކިބާވިއެވެ. އަދި ބުންޏެވެ. (އެކަލޭގެފާނީ) ޖާދޫގަރެކެވެ. ނުވަތަ މޮޔައެކެވެ.
  • 40. ފަހެ، ތިމަންރަސްކަލާނގެ، އޭނާޔާއި އޭނާގެ لشكر އަތުލައްވައި އެއުރެން ކަނޑަށް އުއްކަވައިލެއްވީމެވެ. (އޭނާ غرق ވީ) އޭނާޔަށް މަލާމާތް ލިބޭފަދަ ކަންތައްކޮށްފައިވާ حال ގައެވެ.
  • 41. عاد ބާގައިމީހުންގައިވެސް عبرة އެއްވެއެވެ. އެއީ ތިމަންރަސްކަލާނގެ އެއުރެންގެ މައްޗަށް މަންފާއެއް ނެތް ވައި ފޮނުއްވި ހިނދުގައެވެ.
  • 42. އެ ވައިޖެހުނު ކޮންމެ އެއްޗެއް ފުނޑުފުނޑުކޮށް އަޅިޔަށް ހަދައިނުލައެއް ދުލެއް ނުކުރެއެވެ.
  • 43. އަދި ثمود ބާގައިމީހުންގައިވެސް عبرة އެއްވެއެވެ. އެއީ އެއުރެންނަށް އެންގެވި ހިނދުގައެވެ. ތިޔަބައިމީހުން ކުޑަހިނދުކޮޅަކަށް އަރާމުކޮށް އުޅޭށެވެ!
  • 44. ފަހެ، އެއުރެންގެ ވެރިރަސްކަލާނގެ أمر ފުޅާ خلاف ވެ، އެއުރެން كبر ވެރިވޫއެވެ. ދެން އެއުރެން ބަލަބަލައި ތިއްބައި ހޮނުގުގުރި އެއުރެންގައި ހިފިއެވެ.
  • 45. ފަހެ، އެއުރެންނަށް ތެދުވުމަކަށްވެސް ކުޅަދާނައެއް ނުވިއެވެ. އަދި نصر ލިބިގެންވާ ބަޔަކު ކަމުގައިވެސް އެއުރެން ނުވިއެވެ.
  • 46. އަދި އޭގެކުރިން ތިމަންރަސްކަލާނގެ نوح ގެފާނުގެ قوم ގެމީހުން ހަލާކުކުރެއްވީމެވެ. ހަމަކަށަވަރުން، فاسق ވެގެންވާ ބަޔަކު ކަމުގައި އެއުރެންވޫއެވެ.
  • 47. ތިމަންރަސްކަލާނގެ ކުޅަދުންވަންތަކަމުން އުޑު ހެއްދެވީމެވެ. އަދި ހަމަކަށަވަރުން، ތިމަންރަސްކަލާނގެއީ، ތަނަވަސްކުރެއްވުމަށް ކުޅަދުންވަންތަ ރަސްކަލާނގެއެވެ.
  • 48. އަދި ތިމަންރަސްކަލާނގެ ބިންގަނޑު ފެތުރުއްވީމެވެ. ފަހެ، ތަންމައްޗެއްގެ ގޮތުގައި (ބިންގަނޑު) ފެތުރުއްވި ރަސްކަލާނގެ މޮޅުކަމާއެވެ!
  • 49. ކޮންމެ އެއްޗަކުން ތިމަންރަސްކަލާނގެ އަންހެން ފިރިހެން ދޭތި އުފެއްދެވީމެވެ. (އެއީ) ތިޔަބައިމީހުން ހަނދުމަކުރުމަށްޓަކައެވެ.
  • 50. ފަހެ، ތިޔަބައިމީހުން اللَّه އަށް ކިޔަމަންވުމަށް އަވަސްވެގަންނާށެވެ! ހަމަކަށަވަރުން، ތިމަންކަލޭގެފާނީ، އެކަލާނގެ حضرة ން ތިޔަބައިމީހުންގެ ގާތަށް ފޮނުއްވި، بيان ވެގެންހުރި إنذار ކުރައްވާ ބޭކަލަކީމެވެ.
  • 51. އަދި ތިޔަބައިމީހުން اللَّه އާއެކު އެހެން إله އަކު ނުލާށެވެ! ހަމަކަށަވަރުން، ތިމަންކަލޭގެފާނީ، އެކަލާނގެ حضرة ން ތިޔަބައިމީހުންގެ ގާތަށް ފޮނުއްވި، بيان ވެގެންހުރި إنذار ކުރައްވާ ބޭކަލަކީމެވެ.
  • 52. އެފަދައިން އެއީ ޖާދޫގަރެކޭ، ނުވަތަ މޮޔައެކޭ އެއުރެން ނުބުނާ އެއްވެސް رسول އަކު، އެއުރެންގެ ކުރީގެ މީހުންގެ ގާތަކަށްވެސް ވަޑައެއްނުގަންނަވައެވެ.
  • 53. އެއުރެން رسول ން ދޮގުކުރުމަށް އެއްބަޔަކު އަނެއްބަޔަކަށް وصية ކޮށްފައި ވަނީހެއްޔެވެ؟ އަދި ކިއެއްތަ! އެއުރެންނީ ފުރެދުމުގައި ހައްދުފަހަނަޅައިފައިވާ ބަޔެކެވެ.
  • 54. ފަހެ، ކަލޭގެފާނު އެއުރެންނާ އެއްކިބާވެވަޑައިގަންނަވާށެވެ! ފަހެ، ކަލޭގެފާނަކީ، މަލާމާތް ލިބިގެންވާ ބޭކަލަކު ކަމުގައި ނުވެތެވެ.
  • 55. ކަލޭގެފާނު ހަނދާންކޮށްދެއްވާށެވެ! ފަހެ، ހަމަކަށަވަރުން، ހަނދާންކޮށްދިނުމަކީ، مؤمن ންނަށް މަންފާކުރާނޭ ކަމެކެވެ.
  • 56. ތިމަންރަސްކަލާނގެއަށް އަޅުކަންކުރުމަށް މެނުވީ، ތިމަންރަސްކަލާނގެ ޖިންނީންނާއި، އިންސީން ނަހައްދަވަމެވެ.
  • 57. އެއުރެންގެ ކިބަޔަކުން ތިމަންރަސްކަލާނގެ رزق އަކަށް އެދިވޮޑިއެއް ނުގަންނަވަމެވެ. އަދި ކާންދިނުމަކަށްވެސް އެދިވޮޑިއެއް ނުގަންނަވަމެވެ.
  • 58. ހަމަކަށަވަރުން، اللَّه އީ، رزق ދެއްވާ، ބާރުވެރިވަންތަ ގަދަފަދަވަންތަ ރަސްކަލާނގެއެވެ.
  • 59. ފަހެ، ހަމަކަށަވަރުން، އަނިޔާވެރިވި މީސްތަކުންނަށް عذاب ގެ حصّة އެއް ހުށްޓެވެ. (އެއީ) އެއުރެންގެ އެކުވެރިން ކަމުގައިވި މީހުންނަށްހުރި عذاب އަކާ އެއްފަދަ حصّة އެކެވެ. ފަހެ، عذاب އަވަސްވުންއެދި ތިމަންރަސްކަލާނގެ حضرة އަށް އެއުރެން، ނޭދޭހުށިކަމެވެ!
  • 60. ފަހެ كافر ވި މީހުންނަށް އެއުރެންނަށް وعد ކުރައްވާ ދުވަހުން ގެއްލުމާއި ހަލާކުހުށްޓެވެ.
ޙިއްސާ
logo
logo
logo
logo
logo
  • 1. އަލް ފާތިޙާ
  • 2. އަލް ބަޤަރާ
  • 3. އާލް އިމްރާން
  • 4. އައްނިސާ
  • 5. އަލް މާއިދާ
  • 6. އަލް އަންޢާމް
  • 7. އަލް ޢަޢްރާފް
  • 8. އަލް އަންފާލް
  • 9. އައްތައުބާ
  • 10. ޔޫނުސް
  • 11. ހޫދު
  • 12. ޔޫސުފް
  • 13. އައް ރަޢްދް
  • 14. އިބްރާހީމް
  • 15. އަލް ޙިޖްރު
  • 16. އަންނަޙްލް
  • 17. އަލް އިސްރާ
  • 18. އަލް ކަހްފް
  • 19. މަރިޔަމް
  • 20. ތާހާ
  • 21. އަލް އަންބިޔާ
  • 22. އަލް ޙައްޖު
  • 23. އަލް މޫމިނޫން
  • 24. އަންނޫރު
  • 25. އަލް ފުރުޤާން
  • 26. އައްޝުޢަރާ
  • 27. އަންނަމްލް
  • 28. އަލް ޤަޞަޞް
  • 29. އަލް ޢަންކަބޫތު
  • 30. އައްރޫމް
  • 31. ލުޤްމާން
  • 32. އައްސަޖްދަ
  • 33. އަލް އަޙްޒާބް
  • 34. ސަބާ
  • 35. ފާތިރް
  • 36. ޔާސީން
  • 37. އަލް ޞޯއްފަ
  • 38. ޞޯދް
  • 39. އައްޒުމަރް
  • 40. އަލް ޣާފިރް
  • 41. ފުއްޞިލަތް
  • 42. އައްޝޫރާ
  • 43. އައްޒުޚްރޫފް
  • 44. އައްދުކާން
  • 45. އަލް ޖާޡިޔަ
  • 46. އަލް އަޙްޤާފް
  • 47. މުޙަންމަދު
  • 48. އަލް ފަތްޙް
  • 49. އަލް ޙުޖުރާތް
  • 50. ޤާފް
  • 51. އައްދާރިޔަ
  • 52. އައްތޫރް
  • 53. އައްނަޖްމް
  • 54. އަލް ޤަމަރް
  • 55. އައްރަޙްމާން
  • 56. އަލް ވާގިޢަ
  • 57. އަލް ޙަދީދް
  • 58. އަލް މުޖާދިލަ
  • 59. އަލް ޙަޝްރް
  • 60. އަލް މުމްތަޙާނަ
  • 61. އަލް ޞަފް
  • 62. އަލް ޖުމްޢަ
  • 63. އަލް މުނާފިޤޫން
  • 64. އައްތަޣާބުން
  • 65. އައްތަލަޤް
  • 66. އައްތަޙްރީމް
  • 67. އަލް މުލްކު
  • 68. އަލް ޤަލަމް
  • 69. އަލް ޙާއްޤަ
  • 70. އަލް މަޢާރިޖް
  • 71. ނޫޙް
  • 72. އަލް ޖިންނި
  • 73. އަލް މުޒަންމިލް
  • 74. އަލް މުއްދަޡިރް
  • 75. އަލް ޤިޔާމަ
  • 76. އަލް އިންސާން
  • 77. އަލް މުރްސަލާތް
  • 78. އަންނަބާ
  • 79. އަންނާޒިޢާ
  • 80. ޢަބަސަ
  • 81. އައްތަކްވީރް
  • 82. އަލް އިންފިތާރް
  • 83. އަލް މުތައްފިފީން
  • 84. އަލް އަންޝިޤާޤް
  • 85. އަލް ބުރޫޖް
  • 86. އައްތޯރިޤް
  • 87. އަލް ޢަޢްލާ
  • 88. އަލް ޣާޝިޔަ
  • 89. އަލް ފަޖްރް
  • 90. އަލް ބަލަދް
  • 91. އައްޝަމްސް
  • 92. އައްލައިލް
  • 93. އައްޟުޙާ
  • 94. އަލް އިންޝިރާޙް
  • 95. އައްތީން
  • 96. އަލްޢަލަޤް
  • 97. އަލްޤަދްރް
  • 98. އަލްބައްޔިނަ
  • 99. އައްޒަލްޒަލަ
  • 100. އަލްޢާދިޔަ
  • 101. އަލްޤާރިޢަ
  • 102. އައްތަކާޡުރް
  • 103. އަލްޢަޞްރް
  • 104. އަލް ހުމަޒަ
  • 105. އަލް ފީލް
  • 106. ޤުރައިޝް
  • 107. އަލް މާޢޫން
  • 108. އަލް ކައުޡަރް
  • 109. އަލް ކާފިރޫން
  • 110. އައްނަޞްރް
  • 111. އަލް މަސަދް
  • 112. އަލް އިޚްލާޞް
  • 113. އަލް ފަލަޤް
  • 114. އައްނާސް